27 Apr 2014, 11:12
ކްލަބް މޯލްޑިވްސް ކަޕްގެ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ދިވެހި ސިފައިން ކުލަބު (ޑީއެސްސީ) ދަތުރުކޮށްފި އެވެ.
ޑީއެސްސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ރޭ އޭޑީކޭ ޓީމާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެނެވެ. މާފަންނު ސްޓޭޑިއަމްގައި ކުޅުނު މެޗު ޑީއެސްސީ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އައިމިނަތު ޒާހިޔާ އެވެ.
މި މުބާރާތުގެ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ޑީއެސްސީ ބައްދަލުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓީމާ އެވެ. އެގޮތުން ފައިނަލް މެޗު އޮންނާނީ އަންނަ މޭމަހުގެ ދެވަނަ ދުވަހު ހަވީރު 16:00ގައި މާފަންނު ސްޓޭޑިއަމްގަ އެވެ.