28 Dec 2010, 04:25
މިސްރުގެ ދެކުނުގެ ރަށެއް ކަމަށްވާ އަސްވާން ގައި ހިނގި ނުރައްކަތެރި އެކްސިޑެންޓެއްގައި އެމެރިކާގެ ޓޫރިސްޓުންގެ އަށް މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެ އެވެ.
މިޙާދިޘާ ހިނގަން މެދުވެރިވީ އެމެރިކާގެ ޓުއަރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އަސްވާންގެ ހައިވޭއެއްގައި އޮތް ލޮރީއެއްގައި ޖެހި މުޑިއެރުމުގެ ސަބަބުންނެވެ. މިޙާދިޘާގައި މިބަހުން ދަތުރުކުރި އެމެރިކާގެ ފަތުރުވެރިންގެ އިތުރު 21 މީހަކު ޒަޚަމްވެސް ވި އެވެ. މިއެކްސިޑެންޓް ހިނގިއިރު މި ބަހުގައި އެމެރިކާ ފަތުރު ވެރިންގެ ތިރީސްހަތް މީހުން ތިބި ކަމަށް ޚަބަރުތައް ބުނެ އެވެ. މިސްރުގެ ފުލުހުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މިސްރުގެ ފުލުހުން ގެންދަނީ މިޙާދިޘާ ތަޙްޤީޤް ކުރަމުންނެވެ.