27 Apr 2014, 10:33
ހދ. ކުޅުދުއްފުށީގައި ބިއްލޫރި ފުޅިތަކެއް ގޮއްވާލަން އުޅުނު ދެ ކުއްޖަކު ޒަޚަމްވެއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އިރާކޮޅު، އުމުރުން 15 އަހަރުގެ ދެ ކުއްޖެއްގެ ގަޔަށް ފުޅި ތޮށިތަކެއް ހެރިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި ދެކުދިންގެ ގަޔަށް ފުޅިތޮށިތައް ހެރި މާސީރިއަސް ނުވި ނަމަވެސް، ފުޅިތޮށި ހެރިފައި ހުރީ އެއް ކުއްޖެއްގެ ކަރަށް ކަމަށެވެ. އަދި އަނެއް ކުއްޖާގެ މެއަށް ފުޅިތޮށިތައް ހެރިފައި ހުރުމުން ސީރިއަސްކަމެއްގެ ގޮތުގައި ބަލައި ފަރުވާ ދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކުދިން ފުޅިގޮއްވަން މަސައްކަތް ކޮށްފައި ވަނީ ބާރުގަދަ ކެމިކަލެއް ބޭނުންކޮށްގެންނެވެ.