25 Apr 2014, 23:49
އަންނަ މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ، އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުން ކުރާނެ ހާއްސަ "ލޯގޯ" އެއް ކަނޑައެޅުމަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން (އެފްއޭއެމް) އިން އާއްމުންނަށް ހުޅުވާލި ފުރުސަތު އަލުން އިތުރު ކޮށްފި އެވެ.
ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުން ކުރާނެ ހާއްސަ "ލޯގޯ" އެއް ކަނޑައެޅުމަށް، އާމުންނަށް ހުޅުވާލި ފުރުސަތު އަލުން އިތުރު ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 3:00 ޖެހުމާ ހަމަޔަށެވެ.
އެފްއޭއެމްއިން ބުނީ، މުބާރާތުގައި ގައުމީ ޓީމުން ބޭނުން ކުރާނެ އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ ފަރާތަކަށް ގަލޮޅު ދަނޑު ނުވަތަ އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުލޭ މެޗްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ސްޓޭޑިއަމްގައި ކުލޭ ހުރިހާ މެޗެއް ބަލާލުމުގެ ވީއައިޕީ ޓިކެޓެއް އެ ފަރާތަކަށް ލިބޭނެ ކެމަށެވެ. އެގޮތުން އާމުން ހުށަހަޅާ ލޯގޯތައް އެފްއޭއެމް އިދާރާއިން އަންނަ ހޯމަދު ވަހުގެ 3:00 ޖެހުމުގެ ކުރިން ބަލައި ގަންނާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެ އެވެ.
"އާންމުން ހަދާ ލޯގޯތައް ސީޓީއަކަށް އަޅައިގެން ވެސް ހުށަހެޅޭ. ލޯގޯތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ 3:00 ޖެހުމުގެ ކުރިން،" އެފްއޭއެމުން ބުންޏެވެ.
މުބާރާތުގައި ގައުމީ ޓީމުން ބޭނުން ކުރާނެ ލޯގޯއެއް ހޯދުމަށް އާމުންނަށް ހުޅުވާލާފައި ވާއިރު، ރާއްޖޭގެ މީޑިއާ މެދުވެރި ކޮށް ގައުމީ ޓީމުން މިފަހަރުގެ މުބާރާތުގައި ބޭނުންކުރާ ސްލޯގަން އެއް ހޯދުމަށް ވެސް މިހާރު އާމުންނަށް ވަނީ ފުރުޞަތު ހުޅުވާލައިފަ އެވެ. އަދި އެންމެ ރަނގަޅު ސްލޯގަން އެއް ހުށަހަޅާފަރާތަކަށް ވެސް ކޮންމެވެސް އެއް ސްޓޭޑިއަމްގައި ކުޅޭ ހުރިހާ މެޗެއް ބަލާލުމުގެ ވީއައިޕީ ޓިކެޓެއް އެފަރާތަކަށް ދިނުމަށް އެފްއޭއެމްއިން ވަނީ ނިންމާފަ އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.