ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް އިންކޯޕަރޭޓުގެ ވައިސް ޕްރެޒިޑެންޓް ހޯސޭ މެނުއެލް މެންޓެކޯންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި، ރާއްޖޭގެ އުތުރުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަޝްރޫއާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި، އެ މަޝްރޫއުތަކަކީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.