ކުރީގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލު އަލީ ގެ ގެކޮޅަށް ވަދެ އެކަމަނާއަށް ވަޅިން ބިރުދެއްކުމަށްފަހު މޯބައިލް ފޯން ފޭރިގަތް މީހާ ހޯދަން ފުލުހުން ވީޑިއޯ އެއް އާއްމުކޮށްފި އެވެ.

ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސައިކަލްގައި މީހަކުދާ މަންޒަރެވެ.

ވަޅިން ބިރުދެއްކުމަށްފަހު ޑރ. އާމާލްގެ މޯބައިލްގެ އިތުރުން އައިޕެޑުވެސް މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ފޭރިގެންފަ އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ކުރިމަސައްކަތުން ދެނެގަނެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ހޮޓްލައިން 3322111 ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އެމީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

http://www.youtube.com/watch?v=DCW-8DcbFNU