ޕާމަނަންޓް ސެކްރެޓެރީން، މަގާމަށް އައްޔަނު ކުރެވޭތާ ތިން އަހަރުވުމުން، އެހެން އޮފީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް އިސްލާހު ހުށަހަޅުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސިވިލްސާވިސް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގެ އޮފީސްތަކުގެ ޕާމަނަންޓް ސެކްރެޓެރީންގެ މަގާމަށް އައްޔަން ކުރެވޭތާ ތިން އަހަރު ހަމަވުމުން، އެމީހުންގެ މަގާމުގެ ބާކީ އޮތް މުއްދަތަށް، އެމީހުން އައްޔަންކުރެވިފައިވާ ސަރުކާރުގެ އޮފީސް ނޫން އެހެން އޮފީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ރައީސް އޮފީހުން ބުނީ އެ ބިލު، ސަރުކާރުން ހުށަހެޅީ ޕާމަނަންޓް ސެކްރެޓެރީންނަކީ، ސަރުކާރުގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެއްދެވުމަށާއި، ސަރުކާރުގެ ކޮންމެ ދާއިރާއެއްގައިވެސް ޚިދުމަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެއްދެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށްޓަކައި ކަމަށެވެ.