24 Apr 2014, 22:26
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
އުޅޭވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދަން އިއުލާން ކޮށްފައި ވަނީ ގދ. ތިނަދޫ، މެރިންހާފް، މުހައްމަދު އިމާދު،37، އެވެ.
ފުލުހުން ބުނީ އިމާދު ހޯދަމުންދަނީ ހއ. ހޯރަފުށީ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ 14 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީއަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިމާދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓަލައިން 3322111 އަށް ނުވަތަ ހޯރަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792707 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.