24 Apr 2014, 14:58
ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން މާދަމާ ސިންގަޕޫރުގައި ބާއްވާ އިންވެސްޓް ފޯރަމް ކަވަރުކުރުމަށް ސަން މީޑިއާ ގްރޫޕް ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާ މިއަދު ސިންގަޕޫރަށް ފުރައިފި އެވެ.
އިންވެސްޓް ފޯރަމާ ގުޅޭ މައުލޫމާތު އެންމެ ކައިރިން ކަވަރު ކުރުމަށް ސަން މީޑިއާ ގްރޫޕްގެ ޖާނަލިސްޓަކު ފޮނުވީ އެ އިވެންޓަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހެޅުމަށް ބާއްވާ ފުރަތަމަ އެކްސްޕޯ ކަމަށްވެފައި އެ ފޯރަމާ ގުޅޭ ހަބަރާއި މައުލޫމާތުތައް އާންމުންނަށް ވީހާވެސް ގާތުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށް ސަން މީޑިއާ ގްރޫޕުން ބުންޏެވެ.