24 Apr 2014, 14:07
އަައްޑޫ ސިޓީގެ މަރަދޫ އާއި ހަންކެޑާއާ ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
http://sun.mv/albums/live_24337.jpg
ފުލުހުން ބުނީ މެންދުރު އެކެއްހާކަންހާ އިރު ސީސައިޑް ވިއު ރެސްޓޯރެންޓް ކަންމަތީ ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ޒުވާނުންނަށް ކަމަށާއި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގްގައި އެ މީހުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެ ސަރަހައްދުގެ ޕޭމަންޓްގައި ޖެހި ވިއްސައިގެން ގޮސް ގަސްތަކެއްގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ވަނީ ކަމަށެވެ.
ހޮސްޕިޓަލްގެ އޯފީޑީ ކޯޑިނޭޓަރު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކަށް މާ ބޮޑު އަނިޔާއެެއް ލިބިފައި ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
މި އެކްސިޑެންޓްގައި އެ ދެ ޒުވާނުން ދުއްވި ސައިކަލަށާއި ސައިކަލް ޖެހުނު ގަހަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.