ޗެކް ބައުންސް މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފި އެވެ.

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ ޗެކް ބައުންސް މައްސަލަތަކަކާ ގުޅިގެން އިއުލާން ކުރި ތިން މީހުންގެ ތެރޭ ހިމެނޭ ޝިހާދު އިބްރާހީމް 34، ވަނީ އަމިއްލަ އަށް ފުލުހަށް މިއަދު ހާޒިރު ވެފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ޝިހާދު އިބްރާހިމްގެ އިތުރުން ޗެކް ބައުންސް މައްސަލަ އާ ގުޅިގެން ހޯދަމުން ދަނީ މއ. އާނިރު އަހުމަދު އާތިފް 50، އަހަރާއި ށ. މިލަންދޫ، ނޫވިލާގެ ޔޫސުފް ޢުމަރު 61، އެވެ.

ފުލުހުން ބުނީ އަހުމަދު އާތިފަކީ ޗެކްބައުންސް މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ޣައިރު ޙާޒިރުގައި ކޯޓުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން ހޯދަމުން ވެސް ދާ މީހެއް ކަމަށެވެ.