24 Apr 2014, 12:59
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާ ބޭފުޅަކީ ބ. ތުޅާދޫ ވިންޓާހައުސް އަހުމަދު މުސްތަފާ މުހްމަދު އެވެ.
އެ މަގާމަށް އޭނާ އައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ. އަހުމަދު މުސްތޮފާ މިހާތަނަށް ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.