24 Apr 2014, 12:32
މިއަންޒް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ މަތީ ތައުލީމުދޭ، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް (އައިއައިޕީޑީ) އަށް ކޮލެޖެއްގެ ދަރަޖަ ލިބުމާ އެކު އެތަނުގެ ނަން މިއާންޒް އިންޓަރނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އަށް ބަދަލުކޮށްފި އެވެ.
ޑިޕާރޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބަލާ މިންގަނޑުތަކުން ބެލުމަށް ފަހު އައިއައިޕީޑީއަށް ކޮލެޖެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ރާއްޖޭގެ ގިނަ މަތީ ތައުލީމްދޭ މަރުކަޒުތަކުގައި ކިޔަވައިދެމުންދާ ކޯސްތައް ހިންގަމުން އަންނަ މައި ކޮލެޖުން ބުނީ އެ ކޮލެޖުން ހިންގަމުންދާ ކޯސްތަކުގައި މިހާރު ވެސް 800 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.
އެގޮތުން އެ ކޮލެޖުން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ ޓީޗިންގް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިންގް ގެ އިތުރުން ބިޒްނަސް، ސޮފްޓްވެއާ އެންޖިނިއަރިންގް އަދި އެނިމޭޝަން ފަދަ އައިޓީ ކޯސްތައް ވެސް ކިޔަވައިދެމުންދާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެތަނުގައި 10 ލެކްޗަރާ އިންނާއި ޕާޓްޓައިމް 33 ބޭފުޅުން ކިޔަވައިދެމުން އަންނަ އެ ކޮލެޖުން މާލޭގައި ގާއިމްކޮށްފައި ހުންނަ ދެ ކެމްޕަހުން ތަފާތު ތިން ފެކަލްޓީއެއް ގާއިމްކޮށްފައިވެ އެވެ. އަދި އެ ކޮލެޖުގެ ކޯސްތައް ލ. އަތޮޅު ގަމާއި ހދ. ކުޅުދުއްފުއްށީގެ އިތުރުން ޏ. ފުވައްމުލަކާއި އައްޑޫ ސިޓީގައި ވެސް ދަނި ހިންގަމުންދާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެ އެވެ.
މައި ކޮލެޖުން ބުނީ، އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ހުރިހާ ކެމްޕަސްތަކެއްގައި ވެސް ފުލްކޮށް ވައި ފައި ކުރެވިފައިވާނެ ކަމަށެވެ. އަދި ދަރިވަރުން ފޮތްބަލައި އެންމެ ފަހުގެ ފޮތްތަކާއި ޖާނަލްސް ހިމެނޭ އީ- ލައިބްރަރީ ތައާރަފުކޮށްފައިވާ އިރު، އައިޓީ ދަރިވަރުންނަށް ތިން ކޮމްޕިއުޓަރު ލެބް ގާއިމް ކޮށްފައި ހުންނާނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.