ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޖޭއޭ އިން ބުނީ އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް (އޭސީޖޭ)ގައި ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރުމަށް ދަރިވަރަކު ފޮނުވުމުގެ ފުރުސަތު އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށެވެ.

ސާފު މަދަންޖީތުސިންގް ފައުންޑެޝަނުގެ ފަރާތުން ލިބިފައިވާ ފުރުސަތަކީ ޕޯސްޓްގުރެޖުއޭޓް ފެންވަރުގެ ކޯހެކެވެ.

މީގެ ކުރިން ވެސް ވަނީ ތަފާތު އެކި ފަހަރު މަތިން އެކޯހަށް ރާއްޖޭން ބޭރަށް ނޫސްވެރިން ފޮނުވާފަ އެވެ.

އެމްޖޭއޭ އިން ބުނީ އެއް އަހަރު ދުވަހުގެ އެ ސްކޮލަޝިޕްގައި ކިޔަވަން ދާން ބޭނުންވާ ނޫސްވެރިން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސިޓީ ނުވަތަ މެއިލް އެ ސޯސިއޭޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.