ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ގަޑި އަކު ހަތް މޭލާއި 17 މޭލު ބާރު މިނުގައި ހުޅަގު ދެކުންނާއި ހުޅަގުން ވާޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި 30 މޭލް ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު އެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރަމުންދާ ވިއްސާރައެއް ކަމަށާއި އެހެން ކަމުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރެއްގައި ކަދަވާނެ ކަމަށެވެ. އަދި ކަނޑު ތަދަތުރު ފަތުރު ކުރާމީހުން މޫސުމްގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރަމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.