24 Apr 2014, 11:55
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓޫގެ ގާނޫނަށް އިސްލާހު ގެނައުމގެ ބިލާއި ރައީސްގެ އަމިއްލަ ގެކޮޅަށް ދައުލަތުން ހަރަދު ކުރުމަށް ހުށަހެޅި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބިލާއެކު އިތުރު ދެ ބިލެއް ވެސް ރައީސް ތަސްދީގު ކުރެއްވި ކަމަށެވެ. އެއީ ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑަ އެޅުމުން ހުށަހެޅި އިސްލާހުގެ ބިލާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްތުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލެވެ.