މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އިނާމެއްގެ ގޮތުގައި 25،000 ޑޮލަރު ލިބޭ ނޮވެލްޓީ ބުކްފެއާ ރޭ ނިންމާލައިފި އެވެ.

ނޮވެލްޓީ ބުކްޝޮޕުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ ބުކްފެއާ މިއަހަރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިއަށް ގެންގޮސްފައި ވާއިރު އެ ފެއާއަށް 45،000 އަށް ވުރެ ގިނަ ކަސްޓަމަރުން ޒިޔާރަތް ކޮށްފައި ވާކަމަށް ނޮވެލްޓީ ބުކްޝޮޕުން ބުނެއެވެ.

"މަހުގެ މެދުތެރޭ ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ފެއާއަކަށް ބަލާފައި އަޅުގަނޑުމެން ހީކުރި ވަރަށްވުރެ މާބޮޑު ތަރުހީބެއް ކަސްޓަމަރުންގެ ފަރާތުން މި ފެއާއަށް ލިބުނު." ނޮވެލްޓީގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވި އެެވެ.

ނޮވެލްޓީން ބުނީ ބުކް ފެއާގައި ދޫކުރި ކޫޕަންތައް ހުށައެޅުމަށް މެއި މަހުގެ ފަސްވަނަ ދުވަހާހަމައަށް ހުޅުވާލާފައި ވާއިރު ކޫޕަން ލާން ބޭނުންވާ ފޮށި ނޮވެލްޓީގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި ފެއާގެ އިނާމަކަށް ހުށަހެޅި 25،000 ޑޮލަރުގެ ނަސީބުވެރިޔާ ހޮވުން އަންނަ މަހުގެ 15 ގެ ކުރިން އޮންނާނެ ކަމަށް އެ ބުކްޝޮޕުން ބުނެ އެވެ.