ދިވެހި ސިފައިންގެ ޓީވީ ޗެނަލް "އައްޑަނަ" މިރޭ އިފްތިތާހުކޮށްފި އެވެ.

ސިފައިންގެ މި ޓީވީ ޗެނެލް އިފްތިތާހު ކުރީ، ސިފައިންގެ 122 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

މިހާރު ވެސް އައްޑަނައިގެ ނަމުގައި ސިފައިން މަޖައްލާއެއް ނެރެމުންދެ އެވެ. މި ޓީވީ ޗެނެލް އޮންލައިންކޮށް ބަލައިލެވޭ ގޮތަށް އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާ އިރު، މި ޗެނެލް ރައީސް އިފްތިތާހުކުރުމަށް އައިޕެޑް އެޕްލިކޭޝަނަށް ފިތާލެއްވުމާ އެކު ސްކްރީނުން ދެއްކީ އިފްތިތާހުކުރި ހަބަރެވެ.