މި އަހަރުގެ އިންޓަ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން ޖުމްލަ 20 ޓީމު ބައިވެރިވެފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ބުނެފި އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޒޯން ތަކަކީ (ޒޯން އެކެއް މާލެ އަތޮޅު ދެކުނު ބުރި) އާއި (ޒޯން ދޭއް މާލެ އަތޮޅު އުތުރު ބުރި) އާއި (ޒޯން ހަތަރެއް އަރިއަތޮޅު) އަދި (ޒޯން ފަހެއް ބ. އަތޮޅު ) އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ (ޒޯން ދޭއް މާލެ އަތޮޅު އުތުރު ބުރިން) ނެވެ. އެގޮތުން އެޒޯނުން ޖުމްލަ ހަތް ޓީމެއް ވަނީ ބައިވެރިވެފަ އެވެ.

ޒޯން އެކެއްގައި (މާލެ އަތޮޅު އުތުރު ބުރިން ) ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. އަދި ޒޯން ހަތަރަކުން (އަރިއަތޮޅު) ތިން ޓީމް ބައިވެރި ވެފައިވާއިރު ޒޯން ފަހަކުން (ބ. އަތޮޅު) ހަތަރު ޓީމް ބައިވެރިވެފައިވާ ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް ކަމަށާއި އެހެން ކަމުން މުބާރާތް ކުރިއަށްދާނީ "ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ" ނަމުގައި ކަމަށެވެ.