21 Apr 2014, 14:26
އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް ސީޝަލްސްގެ ބާރްތީ އެއާޓެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ މިއަދު ހަމަޖައްސައިފި އެވެ.
އުރީދޫ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވިކްރަމް ސިންހަ އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި އުޅުއްވާތާ 16 އަހަރުވެފައިވާ ބޭފުޅެއް ކަމަށެވެ.
"އުރީދޫ ގްރޫޕާއި އަލަށް ގުޅުނު ސިންހަ އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި 16 އަހަރުގެ ތަޖުރިބާއާއެކު ތަފާތު މާކެޓްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ސިންހަ އަކީ ބިޒްނަސް މެނޭޖްމަންޓް އިން ބެޗްލާސް އަދި އިންޓަނޭޝަނަލް މެނޭޖްމަންޓް އިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލްކޮށްފަިއވާ މީހެއް ކަމަށެވެ. އަދި ކުރިން ކޮކާ ކޯލާ އިންޑިއާ އަދި ސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.