ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑައަޅައި ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލް މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލް މަޖިލީހުން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 37 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވައި ހަތް މެންބަރުން ތިއްބެވި އެވެ.

ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑައަޅައި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު މެމްބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރި ކުރުމަކީ އިޙްތިޔާރީ ކަމަކެވެ.

ޕެންޝަނާ ބެހޭ ގާނޫނުގައި ކުރިން ބުނެފައިވާ ގޮތުން ދިވެހި މުވަޒިފުންނެކޭ އެއްގޮތަށް ވަޒީފާއަދާކުރާ ބިދޭސީ މުވަޒިފުން ވެސް އެ ބިދޭސީ މުވަޒިފުން ވަޒީފާއަދާކުރާ ތަނަކުން އެ މީހުން ޕެންޝަންސް ސްކީމުގައި ބައިވެރި ކުރަން ޖެހޭނެ އެވެ. އެގޮތުން ދިވެހި މުވައްޒިފުނާ އެއް ފަދައިން ބިދޭސީ މުވަޒިފުން ވެސް އެމީހުންގެ މުސާރައިގެ ހަތް ޕަސެންޓް އެ މީހުން ވަޒީފާ އަދާކުރާ ތަނުން ޕެންޝަން ސްކީމަށް ދައްކަން ޖެހޭނެ އެވެ.

ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑައަޅައި ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލަށް އަމަލުކުރަން ފަށާނީ ރައީސް އެ ބިލް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުންފެށިގެންނެވެ.