21 Apr 2014, 08:12
މާލޭގެ ގެއެއްގެ ތެރޭގައި ފައިސާއަށް ހަށިވިއްކަމުން ދިޔަ ތިން މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މ.ބިއުޓީން ހައުސް ގައި ކުއްޔަށް ހިފާފައިވާ ބައެއްގެ ތެރެއިން ރޭ 11:00 ހާއިރު ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ގޮސް އެ ކޮޓަރިތެރެއަށް ވަތް އިރު އެ ތިން މީހުން ތިބީ ބަރަހަނާ ހާލަތުގައި ބަދުއަލާގީ އަމަލު ހިންގުމަށް ކަމަށާއި އެކޮޓަރި ތެރެ ބަލައިފާސްކުރިއިރު އެކޮޓަރީގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރު ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.