އުމުރުން 78 އަހަރުގެ ނައިފަރު ފިރިހެނެއް ގެއްލިގެން ހޯދަމުން އެބަގެންދެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ، ގެއްލިފައި ވަނީ އަލީ ހުސެންފުޅު 78، ހަވީރީ ހިޔާ ކަމަށެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 7 ޖަހާ އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.  


އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުރައްޔިތުން ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އޭނާ ހޯދުމަށް އެރަށު ފަޅުތެރެ ވެސް ބެލުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.