އިސްގާޒީ އަކު އައްޔަން ކުރެވެންދެން ޑްރަގް ކޯޓު ހިންގެވުމަށް ހަވާލުކުރެވޭ ގާޒީ ކޮންމެ ހަ މަހަކުން ބަދަލުވާގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ޑްރަގް ކޯޓުން ބުނީ، ޖޭއެސްސީން އެގޮތަށް ނިންމާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

އެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް ކޯޓް ހިންގުމަށް، ގާޒީ މުހައްމަދު އީސާފުޅު ހަމަޖައްސަވައި އެކަން މިއަދު ޑްރަގް ކޯޓުން ވަނީ ޖޭއެސްސީއަށް އަންގައިފަ އެވެ.

ޑްރަގް ކޯޓު އުފެދުނު ފަހުން 14 މާޗް 2012 އިން ފެށިގެން މިހާތަނަށް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވީ ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރެވެ.