20 Apr 2014, 13:49
އދ. ދަނގެއްޗާ ދިމާލު ބޭރުން އަލިހުރަސް ކަނޑުން މީހަކު ނެތް އިންޖީނު އެޅި ޑިންގީއެއް ހޮވައިފި އެވެ.
އެ ޑިންގީ ހޮވާފައި ވަނީ މާލެއިން ފ. ދަރަބޫދޫއަށް ދިޔަ "ސައިމާ" ދޯނިންނެވެ. ހަތް ވަރަކަށް ފޫޓް ހުންނަ ވަރުގެ އެ ޑިންގީ ރޭ ފަތިހު ފެނުމާއެކު ސައިމާ ދޯންޏަށް ވަނީ ނަގާފަ އެވެ.
ސައިމާ ދޯނީގެ މީހަކު "ސަން"އަށް ބުނީ އެ ޑިންގީގައި ރަޖިސްޓްރީ ނަމްބަރެއް ނެތް ކަމަށާއި ޑިންގީގައި ހަމައެނި އޮތީ ލަނޑާ ނަގަން ގެންގުޅޭ ހަންބުރިއެއް ކަމަށެވެ. އަދި ޑިންގީގައި ޔަމަހާ އައުޓް ބޯޑު އިންޖީނެއް އަޅާފައި ހުރި ކަމަށް އޭނާ ބުންޏެވެ.
ދަނގެއްޗާ ދިމާލުން އަލިހުރަސް ކަނޑުން ޑިންގީއެއް ފެނިފައިވާއިރު، އެ ސަރަހައްދުން ބަޔަކު ގެއްލިގެން އަދި ރިޕޯޓުކޮށްފައި ނުވާ ކަމަށް އެމްއެމްޑީއެފުން ބުންޏެވެ.