27 Mar 2010, 10:39
10:00
ލ. ގަމު ތުނޑީ އަވަށުގެ ވަކި ސަރަހައްދެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން ނުކުމެ އަނެއްކާވެސް ނުރުހުން ފާޅުކޮށްފި އެވެ.
ސުނާމީގެ ފަހުން ލ. ގަމުގައި އާބާދުވި މުންޑޫ ކަޅައިދޫ މީހުންނަށް ނަރުދަނާގެ ނިޒާމް ގާއިމް ކޮށްދޭރިއު ގަމު މީހުންނަށް ނުކޮށްދޭ ކަމަށް ބުނެ ތުނޑީ ބޯޅަދަނޑުކައިރިއަށް މިއަދު ހެނދުނު އެއްވި އެތަށް ސަތޭކަހަ އެއްހާ މީހުން ގޮވީ އެމީހުންވެސް ނަރުދަމާގެ ނިޒާމު ބޭނުންވެފައިވާ ކަމަށެވެ. އަދި މީގެ ފަސް ވަރަކަށް އަހަރު ކުރިންސުރެ އެރަށު ރައްޔިތުން ނަރުދަމާގެ ނިޒާމު ގާއިމް ކޮށްދިނުމަށް އޭރުގެ ސަރުކާރުގެ ފަރާތުން ވެސް އެދިފައިވާނެ ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ.
ގަމު މީހަކު ބުނީ މިއަދު ފުލުހުންނާ އާންމުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި އެރަށު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ އާންމުން ބޯޅަދަނޑު ކައިރިއަށް އެއްވާން ދިޔައިރު އެހިސާބު ފުލުހުން ބަންދުކޮށްފައި ވަނިކޮށް އެތަނަށް އާންމުންގެ ތެރެއިން ބަޔަކު ވަންނަން މަސައްކަތް ކުރުމުން ކަމަށް ވެސް ގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި މިހާރު ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް އެސަރަހައްދު ގެނެސް އާންމުން އެސަރަހައްދުން ފޮނުވާލާ ހަމައަކަށް އަޅުވާފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ގަމުގައި މިއަދު ހިނގި ހަމަނުޖެހުމުގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.