19 Apr 2014, 22:13
ވ. އަންބާރާގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން ޕާޓީކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އެސަރަހައްދުގައި ހިންގި ހަމަނުޖެހުމެއްގައި ތިންމީހަކު ހައްޔަރުކޮށްފި އެވެ.
ޖަސްޓިސް ބިލްޑިންގު ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން ބުނީ، ހައްޔަރުކޮށްފައި ތިބި މީހުން ބަންދުގެ މުއްދަތު ޖަހަންގެންނަ ތަން ބަލަން ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި އެއްވެ އެބަތިބި ކަމަށާއި އަދި އެތަނުން ބަޔަކު މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭގެތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަންގެ ނޫސްވެރިން ބުނީ، އެސަރަހައްދަށް އެއްވެ ތިބި މީހުން އަދިވެސް ގެންދަނީ، އަޑުގަދަ ކުރަމުން ކަމަށާއި އެމީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.