އިޤްތިސާދީ ގޮތުން އެންމެބޮޑަށް ކުރިއަރަމުން އަންނަ އޭޝިޔާގެ ޤައުމުތަކުގެ އިޤްތިސާދު ފުޅާކުރުމަށް  ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ވަޒީފާގެ ފުރްސަތު އިތުރުކުރުމުގެ މައްސަލަ ކަމަށް އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ބުނެފި އެވެ. އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ކުރިއަރަމުން އަންނަ އޭޝިޔާގެ ޤައުމުތަކުގެ އިޤްތިސާދީ ދުވެލި އެއްވަރެއްގައި ހިފަހައްޓައި ފަގީރުކަން ކުޑަކުރުމަށްޓަކައި ދެހާސް ފަނަރަވަނަ އަހަރާ ހަމައަށް ދެމިލިޔަން ވަޒީފާގެ ފުރްސަތު އުފައްދަންޖެހޭނެ އެވެ. މިކަންނުކުރެވިއްޖެނަމަ މިޤައުމުތަކުގައި ފަގީރުންގެ ނިސްބަތް އިތުރުވެ އިޤްތިސާދީ ދުވެލި އެތަށްތަނެއް މަޑުޖެހިގެންދާނެ ކަމުގެ އިންޒާރު މި ރިޕޯޓްގައި ދީފައިވެ އެވެ. އަދި ވަޒީފާގެ ފުރްސަތުތައް އިތުރުކުރުމަށްޓަކައި މިޤައުމުތަކުގެ ސަރވިސް ސެކްޓަރާއި ސިނާޢީ ސެކްޓަރ އިތުރަށް ފުޅާކުރުމަށްވެސް މިރިޕޯޓް ގޮވާލަ އެވެ. މިގޮތުން ދެހާސް ފަނަރަވަނަ އަހަރާ ހަަމައަށް އުފައްދަންޖެހޭ ވަޒީފާތަކުގެ ސާޅީސް އެކެއް އިންސައްތަ ވަޒީފާ އުފައްދަން އެންމެ ފަސޭހަވާނީ އެޤައުމުތަކުގެ ސަރވިސް ސެކްޓަރުގެ ތެރެއިންކަމަށް ތަޖްރިބާކާރުން ލަފާދެއްވާ ކަމަށް މި ރިޕޯޓް ބުނެ އެވެ.