26 Dec 2010, 11:53
ނައިޖީރިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު އާދަމް ސަޢީދު ދައުރާ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ، ނައިޖީރިއާގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ނައިޖީރިއާއާ ދެ ޤައުމުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.