ވިލިމާލެއިން ދެ މީހުންނާއެކު ފަރުމަސްވެރި ކަމަށް ނުކުމެ އުޅުނު ޑިންގީއެއް ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިރޭ ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީ މަސްވެރިކަމަށް ފުރާފައި ވަނީ އޭޕްރީލް 16، 2014 ވަނަ ދުވަހުގެ ރޭ ގާތްގަޑަކަށް 00:30 ހާއިރު ކަމަށާއި، އެ ޑިންގީއަކީ އާންމުކޮށް ގުޅިފަޅު ކައިރީގައި މަސްވެރިކަމުގައި އުޅޭ އުޅަނދެއް ކަމަށް އާއިލާއިން މަޢުލޫމާތުދީފައިވެ އެވެ.

މިޑިންގީއަކީ ފެހި، ރަތް، ހުދު، އަދި އޮރެންޖް ކުލައިގެ ދަވާދު ލާފައިވާ އުޅަނދެކެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ. ފެކްސް ކުރައްވަން ބޭނުންފުޅުވާނަމަ ފެކްސް ކުރައްވާނީ 3391665 މިނަމްބަރަށެވެ.