މެލޭޝިއާ އަށް ކިޔަވަންދާ ދިވެހި ދަރިވަރުން އެގައުމަށް ކިޔަވަން ދިއުމުގެ ކުރިން އެންޓްރީ ވިސާ ނަގަން ނުޖެހޭ ގޮތަށް މެލޭޝިއާގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީ މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެގޮތަށް ހަމަޖައްސައިފައި ވަނީ މެލޭޝިއާގެ އިމިގްރޭޝަންގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މެލޭޝިއާގެ އިމިގްރޭޝަން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ސްޓޫޑަންޓް ވިސާ އެޕްރޫވަލް ލެޓާ ލިބުމުން އެންޓްރީ ވިސާ ނަގަން ޖެހޭ ގޮތަށް މެލޭޝިއާގެ އިމްގްރޭޝަން އޮތޯރިޓީން ވަނީ ނިންމާފަ އެވެ.

މިއަހަރުގެ ކުރިން އެ ބަދަލު ގެނައުމުގެ ކުރިން އޮންނަ ގަވާއިދުގެ ދަށުން ސްޓޫޑެންޓް ވިސާ އެޕްރޫވަލް ލިބިފައިވާ ނަމަ ވިސާ ނުނަގައި މެލޭޝިއާ އަށް އެތެރެވެވެ އެވެ.