17 Apr 2014, 12:34
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ފާހަގަކޮށްލެވޭ ކްލަބު މޯލްޑިވްސް ކަޕުގެ ގަދަ ސޯޅައިގެ މެޗުތައް މާދަމާ ފަށާނެ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ގަދަ ސޯޅައިގެ މެޗުތައް ފަށާނީ މާދަމާ ހަވީރު އެވެ. ހަވީރު ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެއް މެޗުގައި ގްރޫޕް އެކެއްގެ އެއްވަނަ ފިއުލް ސަޕްލައި އާއި ގްރޫޕް ހަތެއްގެ ދެވަނަ ކަސްޓަމްސް ބައްދަލުކުރާ އިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ޕޮލިސް ކްލަބާއި ގްރޫޕް ފަހެއްގެ ދެވަނަ ސްޓެލްކޯ އެވެ.
ގަދަ ސޯޅައިގެ ހަ މެޗެއް މާދަމާ ރޭ ކުރިއަށްދާނެ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް ތިނެއްގެ އެއްވަނަ އެމްޓީސީސީ އާއި ގްރޫޕް ތިނެއްގެ ދެވަނަ ބޭންކް އޮފް މޯލްޑިވްސް ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ހަތަރެއްގެ އެއްވަނަ މާލޭ ސިޓީ ކައުންސިލާއި ގްރޫޕް އެކެއްގެ ދެވަނަ އެއާޕޯޓްސް ކޮމްޕެނީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަދި ގްރޫޕް ފަހެއްގެ އެއްވަނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ދެކޮޅަށް މާދަމާ ރޭ ގްރޫޕް ހައެއްގެ ދެވަނަ ހައުސިން މިނިސްޓްރީ ނުކުންނަ އިރު، ގްރޫޕް ހައެއްގެ އެއްވަނަ އެލައިޑް ނުކުންނާނީ ގްރޫޕް ހަތަރެއްގެ ދެވަނަ ރޯޑް ޑިވެލޮޕްމެންޓާ ދެކޮޅަށެވެ.
ގްރޫޕް ހަތެއްގެ އެއްވަނަ އެސްޓީއޯއާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ސިވިލް ކޯޓު ނުކުންނަ އިރު، ފަހު މެޗުގައި ގްރޫޕް އަށެއްގެ އެއްވަނަ ކްލަބު އިމިގްރޭޝަން ނުކުންނާނީ ގްރޫޕް ނުވައެއްގެ އެއްވަނަ ރައީސް އޮފީސް ސޯޝަލް ކްލަބާއި ދެކޮޅަށެވެ.
މިމެޗުތަކުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމުތައް މުބާރާތުން ކަޓާނެ އެވެ.