17 Apr 2014, 11:39
ދ. މާއެނބޫދޫ ބިންގަނޑުގައި ރެނދުލި މައްސަލަ ބެލުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަރަމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ވަފުދެއް އެ ރަށަށް ފުރުމައް ތައްޔާރުވަމުން އެބަ ދެ އެވެ.
މާއެނބޫދޫ ބިންގަނޑާއި ބައެއް ފުޓުބޯޅަ ދަނޑު ފާރުގައި ރެނދު ލާފައި މި ވަނީ އެ ރަށު ފަޅު ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށެވެ.
އީޕީއޭގެ ސީނިއާ އެންވަރަމަންޓް އެނަލިސްޓް ރިއްފަތު ނައީމް ވިދާޅުވީ މާއެނބޫދޫގައި ލާފައި ރެނދަކީ ފަޅު ކޮނުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކޮށްފައިވާ ކަމަށެވެ.
"އެހެންވެ ހައުސިން މިނިސްޓްރީ، އެންވަރަމަންޓް މިނިސްޓްރީ އަދި އީޕީއޭ އިން އެ ރަށަށް މިއަދު ފުރުމަށް ވަނީ ހަމަޖެހިފައި." އޭނާ ވިދާޅުވި އެވެ.