ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޝާހު މިއަދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވަމުން، ސެކްރެޓަރީ ޖެނެރަލް ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ވަގުތު ނުދެވޭނެތީ ކަމަށެވެ.

އެ ޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީގެ ކުރިން ވަނީ ޑރ. މުހައްމަދު ސައުދު އައްޔަން ކުރައްވައިފަ އެވެ.