17 Apr 2014, 09:09
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށްގެން ގުދަނެއް ހުޅުވުމަށް ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ސަން" އަށް ވިދާޅުވީ، އެ ގުދަނަކީ އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށް ވިއްކާތަކެތި ހުސްވިޔަ ނުދީ ބެހެއްޓުމަށްޓަކައި ހުޅުވާ ގުދަނެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރިން ދިމާވާ މައްސަލައަކީ ރޯދަމަހަށް ގެންނަ ތަކެތި ހުސްވުން، އެހެން ކަމުން އެތަކެތި ހުސްވިޔަ ނުދީ ކަސްޓަމަރުންނަށް ލިބޭނެ މި ގުދަށް ހުޅުވުމުން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރޯދަޔަށް ހާއްސަ އެގުދަން ހުުވުމަށް ނިންމާފައިވަނީ އެސްޓީއޯ ހުސްބިމުގައި ކަމަށެވެ.
ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 10ރ. އަށް ވުރެ ބޮޑު ނުވާވަރަށް، ކުކުޅު ބިހެއްގެ އަގު 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ސްޓޮކް ހުސްވިޔަ ނުދިނުމަށް ދުރާލައި ފިޔަވަޅުތައް އަޅައި އެ ކުންފުނި ތައްޔާރުވެފައިވާ ކަމަށެވެ.