16 Apr 2014, 17:32
އޮޅުވާލައިގެން ޕާޓީ އަށް މީހުން ވެއްދުމަށް ފޯމް ހުށަހެޅި މައްސަލާގައި ހަ ވަނަ ފަަހަރަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ޖޫރިމަނާކޮށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ އެންމެ މީހެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން މެމްބާޝިޕް ފޯމްތަކެއް ހުށަހަޅާފައި ވާތީ އެ ޕާޓީ 10،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިއީ އޮޅުވާލައިގެން ޕާޓީ އަށް މީހުން ވެއްދުމަށް ފޯމް ހުށަހެޅި މައްސަލާގައި ޖޭޕީ ޖޫރިމަނާ ކުރި ހަ ވަނަ ފަހަރެވެ. އެ ޕާޓީ ވަނީ މި މަހު ވެސް ދެ ފަހަރަށް ތަކުރާރުކޮށް ޖޫރިމަނާ ކޮށްފަ އެވެ.
ޖޭޕީގެ އިތުރުން އެމްޑީއޭ އިން ވެސް މީހެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން ޕާޓީ އަށް ވަންނަން އެދޭ ފޯމްތަކެއް އިލެކްޝަންސް ކޮމިޝަން އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ވަނީ 5000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. މިއީ އެ ޕާޓީ ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.