16 Apr 2014, 15:01
މިސްކިތަކުން ބޫޓުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:50 އެހާކަންހާ އިރު އެމީހާ ހައްޔަރުކޮށްފައި ވަނީ މިސްކިތް ކައިރިން ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ މީހެކެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހުކުރު މިސްކިތުން ބޫޓުތަކެއް ވަގަށް ނަގައިގެން ދަނިކޮށް އާންމުންގެ ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލު ކުރީ އެވެ.
ސިޓީ ކައުންސިލުން ވެސް ވަނީ މިސްކިތްތަކުން ވައްކަން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް މި މަހުގެ ތެރޭ ބުނެފަ އެވެ.