ޚަބަރާ ނުގުޅޭ ފޮޓޯއެއް ޝާއިއުކުރެވިފައި ވާތީ، ޓައިގާ އެއާވޭސްގެ ކިބައިން މި ނޫހުން މައާފަށް އެދެމެވެ.

"ސަން އޮންލައިން"ގައި މި މަހުގެ 10 ވަނަ ދުވަހު "ރާއްޖެ އިން ފުރި ފްލައިޓެއްގެ ތެރެއަށް ފުރާވަރު ކުއްޖަކު މަރުވެއްޖެ" މި ސުރުހީގައި ޝާއިއު ކޮށްފައިވާ ހަބަރުގައި ފުރަތަމަ ބޭނުންކުރެވުނު ފޮޓޯ އަކީ، އެ ޚަބަރާ ގުޅުން ހުރި ފޮޓޯއެއް ނޫންކަން ފާހަގަކުރެވުނު ހިސާބުން ފެށިގެން އަޅުގަނޑުމެން ވާނީ، ޚަބަރުގައި އިން ފޮޓޯ ބަދަލުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި މަރުވެފައި ވަނީ، އައިއެންއައިއޭއިން ފުރި، ރަޝިޔާ އެއާލައިނެއް ކަމަށްވާ އެއަރޯފްލޮޓްގެ އޭ- 320 މަރުކާގެ ބޯޓެއްގައި އިން ތަޖަކިސްތާނު އަންހެން ކުއްޖެކެވެ.

ސަން އޮންލައިނުން މި ފުރުސަތުގައި އަދި ވެސް އެއްފަހަރު "ޓައިގާ އެއަރވޭސް"ގެ ކިބައިން މައާފަށް އެދެމެވެ.