ކްލަބު މޯލްޑިވްސް ކަޕުގެ ދެވަނަ ބުރަށް ދަތުރުކުރި 16 ޓީމު ކަށަވަރުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ރޭ ހަ މެޗެއް ކުރިއަށް ދިޔަ އިރު، އެ މެޗުތަކުން މޮޅުވި ހަ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ވަނީ ކަށަވަރުވެފަ އެވެ. މުބާރާތުގައި ރޭ ކުރިއަށް ދިޔައީ ގްރޫޕް އެކެއް، ގްރޫޕް ދޭއް އަދި ގްރޫޕް ހަތެއްގެ މެޗުތަކެވެ.

ގްރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ޓީމަށް ދަތުރުކުރީ ކްލަބު އެމްޓީސީސީ އެވެ. ފިނޭންސް މިނިސްޓްރީ އަތުން އެމްޓީސީސީ މޮޅުވީ 4-1 ލަނޑުންނެވެ. ގްރޫޕްގެ ދެވަނައިގެ ގޮތުގައި އެއާޕޯޓަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ ޕްރޮސިކިއުޓާ ޖެނެރަލް އަތުން 5-0 ލަނޑުން ހޯދި ކާމިޔާބާއެކު އެވެ.

ގްރޫޕް ހަތެއްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްލަބު އެމްބީސީ އަތުން 3-0 ލަނޑުން މޮޅުވި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ޓީމެވެ. މި ގްރޫޕްގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ރޯޑް ޑިވެލޮޕްމަންޓަށް ލިބުނީ ޔޫތު މިނިސްޓްރީ އަތުން 5-2 ލަނޑުން މޮޅުވެގެންނެވެ.

ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ފިއުލް ސަޕްލައި އެވެ. ހޯމް ފޯ ސްޕެޝަލް ނީޑްސް އަތުން އެފްއެސްއެމް މޮޅުވީ 7-2 ލަނޑުންނެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދީ މޯލްޑިވިއަން އަތުން 4-2 ލަނޑުން މޮޅުވި ސްޓެލްކޯ އެވެ.

އެމްޓީސީސީ އާއި، އެސްޓީއޯ އާއި، އެފްއެސްއެމް އާއި، އެއާޕޯޓާއި، އެމްއާރުޑީސީ އާއި، ސްޓެލްކޯގެ އިތުރުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ޕޮލިސް ކްލަބް، އެމްސީސީ، އެމްޕީއެލް، އެލައިޑް، ކްލަބު އިމިގްރޭޝަން، ރައީސް އޮފީސް، ސިވިލް ކޯޓް، ބީއެމްއެލް، ޓީމް އެމްއެޗްއައި އަދި ކަސްޓަމްސް އެވެ.

ކްލަބު މޯލްޑިވްސް ކަޕުގެ ފިރިހެން ބައިގައި ބައިވެރިވި 32 ޓީމުގެ މެދުގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުތައް ރޭ ނިމުނު އިރު، މުބާރާތުގައި މިއަދު ކުރިއަށް ދާނީ ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތަކެވެ.