15 Apr 2014, 10:11
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ވާކް ވިސާ ސެކްޝަނާއި ޕާމިޓްސް ޔުނިޓްގެ މަސައްކަތްތައް ވަގުތީ ގޮތުން ދެ ދުވަހަށް މެނދުކަޑައިލަން ނިންމާފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވާކް ވިސާ ސެކްޝަނާއި ޕާމިޓްސް ޔުނިޓްގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ޣާޒީ ބިލްޑިންގް އިން ހުރަވީ ބިލްޑިންގް އަށް ބަދަލުކުރަން ހަމަޖެހިފައިވާތީ، މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެ ދެ ސެކްޝަނުންދޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.
ނަމަވެސް ކޮންމެހެން މުހިއްމު ވިސާ އެއް ޕްރޮސެސް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ރަސްމީ ގަޑީގައި، ވާކް ވިސާގެ ހިދުމަތެއް ބޭނުންފުޅުވާނަމަ 7980406 އަށް އަދި ޕާމިޓްސް ޔުނިޓްގެ ހިދުމަތެއް ބޭނުންފުޅުނަމަ 7977252 އަށް ގުޅުއްވުމުން އެފަދަ އެޕްލިކޭޝަންތައް ޕްރޮސެސްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެވޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުގެ އިއުލާނުގައި ވެއެވެ.
އިމިގްރޭޝަނުން ބުނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ޑިޕާޓްމަންޓްގެ ވާކް ވިސާ ސެކްޝަނާއި ޕާމިޓްސް ޔުނިޓުން ދޭ ހިދުމަތްތައް ލިބޭނީ، ހުރަވީ ބިލްޑިންގްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ފޮރިން އެމްޕްލޯއިމަންޓް ސާވިސް ޑިވިޝަނުން ކަމަށެވެ.