26 Dec 2010, 04:28
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އިއްޔެ ހަވީރު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ހަތް ރަށަކަށާއި ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށާއި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ދެރަށަކަށް ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެ ފައިބައިވަޑައިގެންނެވީ، އަލަށް މަރާމާތުކުރެވިފައިވާ ފަސް ނަމްބަރު ފާލަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތިގުބާލުގައި މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީން ތިއްބެވި އެވެ.