26 Dec 2010, 04:28
ސޮނީ ހާޑުވެއާ އިން މި އަހަރުގެ ޖުލައި 15 އިން ޑިސެމްބަރު 15 އަށް ކުރިއަށް ގެންދިޔަ "އެއް މިލިއަން ޕްރޮމޯޝަންގެ" އެއް މިލިއަން ރުފިޔާ ލިބޭ ފަރާތް އިއުލާންކޮށްފި އެވެ.
ސޮނީ ހާޑްވެއާ އިން 2008 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެއް މިލިޔަން ރުފިޔާ ލިބޭ އެ ޕުރޮމޯޝަންގެ މި އަހަރުގެ ނަސީބުވެރިޔާ ގުރުއަތުން ނެގުމަށް ރޭ އެމްއެންބީސީ ވަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއް މިލިއަން ރުފިޔާގެ ނަސީބުވެރި ކޫޕަން ނަމްބަރަކީ "00519790" އެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި ރަސްމީ ގަޑީގައި އެ ކުންފުނީގެ ފިހާރައަކަށް ކޫޕަންގެ އަނެއް ކޮޅު ހިއްޕަވައިގެން ވަޑައިގަތުމުން ނޫނީ ސޮނީގެ ހާޑްވެއާގެ ނަމްބަރު "3336699" ރަސްމީގަޑީގައި ގުޅުއްވުމުން އެއް މިލިއަން ރުފިޔާ އެ ފަރާތަކާ ހަވާލުކުރުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.
އެއް މިލިއަން ރުފިޔާގެ ހައްގުވެރިޔާ އަށް އެ ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ސޮނީހާޑްވެއާ އިން ބުންޏެވެ.
އެއް މިލިޔަން ރުފިޔާ ކޮންމެވެސް އެކަކަށް ލިބޭ އެ ޕުރޮމޯޝަންގެ މަގުސަދަކީ ސޮނީ ހާޑްވެއާ އާއި އެ ކުންފުނީގެ ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އާލާ ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.