14 Apr 2014, 14:07
ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާ ސަފީރު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރުގެ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފާރު ކަމުގެ މަގާމަށް ޒާހިޔާ އައްޔަން ކުރަން ފެންނަ ކަމަށް
ޒާހިޔާ އަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެ ވެސް ވަނީ ފާސްވެފަ އެވެ. އެގޮތުން ޒާހިޔާ އަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ، އެކަމަނާ ޖިނާއީ ކުށެއް ކުރައްވާފައިވޭތޯ އާއި ސާބިތު ދަރަނީގެ ރެކޯޑެއް އޮތްތޯ ބެލުމަށް ފަހު އެވެ. އެކަމަނާގެ ތައުލީމީ ފެންވަރާއި ހިލްމީ ގާބިލުކަން ބެއްލުވުމަށް ފަހު، ސަފީރުކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ނިންމެވީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.
ޒާހިޔާ ވަނީ ޖެންޑާ މިނިސްޓަރު ކަމާއި އެޑިޔުކޭޝަން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭގެ ކުރިން އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ އިސް މަގާމުތަކެއްގައި ވެސް ޒާހިޔާ ހިދުމަތް ކުރައްވާފައިވެ އެވެ.