ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ޖަޕާނަށް ކުރައްވާ ރަސްމީ ‏‏ދަތުރުފުޅުގައި، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ، ޖަޕާނުގެ ބޮޑުވަޒީރު މިސްޓަރު ‏‏ޝިންޒޯ އަބޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.‏

މި ދަތުރުފުޅުގައި ޖަޕާނުގެ އެމްޕަރާ އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ‏‏ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ‏‏ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ‏‏މީގެއިތުރުން، ޖަޕާނުގެ ވިޔަފާރިވެރިންނާއި ‏‏އިންވެސްޓަރުންނާ ބައްދަލުކުރައްވައި، އިގްތިޞާދީ ގޮތުން ‏‏ޖަޕާނުން ލިބެން ހުރި ފުރުޞަތުތައް ‏‏ފުޅާކުރުމާ ބެހޭ ގޮތުން ރައީސް މަޝްވަރާ ކުރައްވާނެ އެވެ.‏