14 Apr 2014, 12:17
މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ހުރި 100 އަށް ވުރެ ގިނަ ޕެލެޓް ނަގައިފި އެވެ.
ފުލުހުން ބުނީ، މާލޭގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދު ޕާކްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ފެށި އޮޕަރޭޝަނުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން ޒޯންތަކުގައި ބަހައްޓާފައިވާ ތަކެތި ނަގާފައިވާ ކަމަށެވެ.
އެގޮތުން އެކި ސަރަޙައްދުތަކުގެ ޕާކިން ޒޯންތަކުގައި ބަހައްޓާފައިވާ 100 އަށްވުރެ ގިނަ ޕެލެޓްތަކަކާއި އެހެނިހެން ބައެއް ތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ ޕާކް ކުރުމުގައި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެ ގެނެސްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.