14 Apr 2014, 10:31
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމެޓީ އަށް ފޮނުވައިފި އެވެ.
މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލުގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމަތު ކޮމެޓީ އަށް ފޮނުވާފައި ވަނީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މޫސާ އަލީ ޖަލީލް ވަނީ ދާދި ފަހުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރައްވާފަ އެވެ.
މޫސާ އަލީ ޖަލީލް އަލީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.