14 Apr 2014, 09:46
ކެމްޕަސް ފިހާރައިގެ ގުދަނުން ބޮކްސާތަކެއް ވަގަށް ނެނގި މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެމީހާ ހޯދަމުން ގެންދަނީ ހިޔާނާތުގެ ތުހުމަތުގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެެ އެވެ.
ކެމްޕަސް ފިހާރައިން ބުނީ ވިމާ ހަނީފް މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ މީހާ ހޯދަމުން ދަނީ އެ ފިހާރައިގެ ގުދަނުން ހައެއްކަ ބޮކްސާ ވަގަށް ނަގައިގެން ފިލާފައިވާތީ ކަމަށެވެ. ނަމަވެސް އެއްވެސް ފައިސާއެއް އަދި އިތުރު އެއްޗެއް އެފިހާރަ އިން ވަގަށް ނަގާފައިވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާތަނަށް ބެލިބެލުމުން ފިހާރައިގެ ގުދަނުން އޭނާ ވަގަށް ނަގާފައި ވަނީ ހައެއްކަ ބޮކްސާ. އިތުރު އެއްޗެއް ވަގަށް ނެގިތޯ ބަލަމުން މިދަނީ،" އެމީހާ ބުންޏެވެ.
ބަންްގްލަދޭޝްގެ އެމީހާއަކީ ގެއްލިގެން ހޯދަމުން ގެންދާ މީހެއްގެ ގޮތުގައި އަންގައިދޭ އެމީހާގެ ފޮޓޯ ޖަހާފައިވާ ލިޔުމެއް އެ ފިހާރައިގެ ބޭރުގައި ވެސް ވަނީ ހަރުކޮށްފަ އެވެ.