މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ހައްޔަރުކުރިއިރު އޭނާ ގެންގުޅުން ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އަޅާފައިހުރި 172 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

ހޮނިހިރު ދުވަހުގެ ރޭ 17:50 ހާއިރު އެ ކުއްޖާ ހައްޔަރުކުރީ ނޯތު ހާބަރުން ކަމަށާއި އޭރު އޭނާ މަސައްކަތްކުރަމުން ދިޔައީ އެ ތަކެތި އަޅާފައިހުރި ފޮށިގަނޑު އެހެން ރަށަކަށް ފޮނުވުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.