ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހްގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޖިލީހުގެ އިދާރާ އަށް ވަދެއްއްޖެ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ސަން އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މަޖިލީހުގެ އިދާރާ ފުލުހުން މިއަދު ދެ ފަހަރެއްގެ މަތިން ވަދެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީން ބަދަލުމުންދަނީ ރައްޔިތުން މަޖިލިސް އާ އިމާރާތަށް ބޭނުންވާ ބައެއް އައިޓީ ސަމާނު ގަތުމަށްކުރި އިއުލާނާއި ގުޅިގެން އެ ތަނުގެ މުވައްޒަފުންތަކެއް ޕްރޮޕޯސަލް ހުށަހެޅި މައްސަލަ އެކެވެ.

"މި ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރަމުންދާ ތަހްގީގަށް މައުލޫމާތު ހޯދުމަށް މަޖިލިސް އިދާރާއަށް ވަދެފައި ވަނީ. އެއީ އައިޓީ އިކުއުޕްމެންޓް ތަކެއް ގަތުމަށް ކުރި އިއުލާނަކާއި ގުޅިގެން އެތަނުގެ ބައެއް މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެއް އެއީ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކޮމިޝަނުގެ މުވައްޒަފުން މިއަދު މެންދުރުފަހުވެސް މަޖިލީހަށް ވަދެފައިވާ ކަމަށެވެ. އަދި މިރޭ ވެސް ވަދެފައިވާ ކަމަށާއި އެ އޮޕަރޭޝަން ނިންމާލުމަށްފަހު 10:30 ހާއިރު ނިކުމެފައިވާ ކަމަށެވެ. އަދި މަޖިލިސް އިދާރާއަށް ވަދެފައި ވަނީ މަޖިލީހުގެ އެއްބާރުލުމާއިއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.