ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާ ހައުސް ފަޅާލައިގެން 300 އަށް ވުރެ ގިނަ ރާފުޅި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު، ސަބް އިނިސްޕެޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބޭ ގޮތުގައި ބޮންޑެޑް ވެއާހައުސް ފަޅާލައިގެން ރާފުޅިތައް ނަގާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.


ނަމަވެސް އެއީ ކޮން ބްރޭންޑެއްގެ އަދި ކޮން ފަރާތެއްގެ އިހުމާލަކުން ގެއްލުނު އެއްޗެއް ކަމެއް އަދި އޭނާ ވިދާޅެއް ނުވި އެވެ. ވިދާޅުވީ އެކަންކަން ތަހުގީގު ކުރައްވަނީ ކަމަށެވެ.


ބޮންޑެޑް ވެއާހައުސް ފަޅާލައިގެން ރާފުޅިތަކެއް ވަގަށް ނެގިކަން ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އިންޑިއާގެ ކުންފުނިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.


އެ ކުންފުނީގެ ޕީއާރު ފާމްގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ޝިހާބު މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރާތީ މިވަގުތު އިތުރު ކޮމެންޓެއް ދެއްވެން ނެތް ކަމަށެވެ. ނަމަވެސް އެކަން ހިނގާފައިވާ ކަމަށާއި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފެންސު ބޮޑަށް ބެލެހެއްޓުމާއި ސިކިއުރިޓީ ކެމެރާ ހަރުކުރާނެ ކަމަށެވެ.